"އައްބާސް އާ ބައްދަލުކުރުމަކީ ލިބުނު ޝަރަފެއް" ކަަމަށް ޓްރަމްޕްކުރި ޓްވީޓް ޓްރަމްޕް ފޮހެލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
"އައްބާސް އާ ބައްދަލުކުރުމަކީ ލިބުނު ޝަރަފެއް" ކަަމަށް ޓްރަމްޕްކުރި ޓްވީޓް ޓްރަމްޕް ފޮހެލައިފި
އެމެރިކާގެ ރައީސް ޓްރަމްޕް ފަލަސްޠީނުގެ ރަީސް މަޙްމޫދު ޢައްބާސް އާއި ބައްދަލުކުރުމަށްފަހު އެއީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށް ބުނެ ކުރި ޓްވީޓް 13 ގަޑިއިރު ފަހުން އޭނާ ފޮހެލައިފިއެވެ.

މިކަމާއި ގުޅިގެން ފާޑުކިޔާމީހުން ބުނަނީ އިޒްރޭލުން ޓްރަމްޕް "ފަހައިގަތުމުން" ކުރި ކަމެއް ކަމަށެވެ.

"އިޒްރޭލާ ފަލަސްޠީނުގެ މައްސަލަތަކަށް ކޮންމެވެސް އެދެވޭ ހައްލެއް އަންނާނެ ކަމަށް ޤަބޫލުކުރަން" ކަމަށްވެސް އެ ޓްވީޓްގައި ޓްރަމްޕް ލިޔުނެވެ. މިއީ ޓްރަމްޕް ވެރިކަމަށްއައިފަހުން އަމިއްލައަށް ފޮހެލި 12 ވަނަ ޓްވީޓެވެ.

އެމެރިކާގެ ރައީސް ކަމުގައި ހުންނަ މީހަކު ކުރާ ކަންކަމުގެ ރެކޯޑް ފޮހެލުމަކީ މަނާކަމެކެވެ. އެހެންކަމުން ޓްރަމްޕްގެ ފޮހެލުންތަކާއިމެދު ވާނީ ކިހިނެއްކަން އަދި ވަނީ ނުއެނގިފައެވެ.

ޓްރަމްޕަކީ ދުނިޔޭގެ ޗާޓުން ފަލަސްތީން ފޮހެލަން ބޭނުންވާ މީހެކެވެ.

މިއަދު އޮންލައިން