ދުނިޔޭގެ އެންމެ ފަލަ އަންހެނާގެ ރެކޯޑް ލިބިފައިވާ މިޞުރުގެ އީމާން މިހާރު ވަނީ އިންޑިއާއީން ޔޫއޭއީއަށް ގެންގޮސްފައެވެ. ޔޫއޭއީއަށް ގެންދިއުމުން ފުރަތަމަ ދުވަހު ބޭއްވީ އައިސީޔޫގައެވެ.
އީމާންގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ 20 ޑޮކްޓަރުންގެ ޓީމަކުންނެވެ. ޑޮކްޓަރުންގެ ޓީމުން ބުނީ އީމާން އައިސީޔޫގައި ބޭއްވީ ހާލު ގޯސްވެގެން ނޫން ކަމަށާއި ދިގު ދަތުރެއް ކުރުމުން ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާނެތީ ހަމަޖެހުމަށް ފަސޭހައަކަށް ކަމަށެވެ.
ޑޮކްޓަރުން ބުނަނީ އީމާނަށް ވަރަށް ގިނަ ފަރުވާދޭންޖެހޭ ކަމަށެވެ. ގުނަވަންތައް ހަރަކާތް ނުކުރެވި އަހަރުތަކެއް ވަންދެން އޮތުމުން ކުރިމަތިވެފައިވާ މައްސަލަތަކަށާއި އެކަށީގެންވާ ވަރަށް ވާހަކަ ނުދައްކައި އޮތުމުން ކުރިމަތިވެފައިވާ މައްސަލަތަކަށްވެސް ފަރުވާދޭންޖެހޭ ކަމަށެވެ.
އީމާންގެ ކޮއްކޮ ޝައިނާ ބުނީ ޔޫއޭއީގެ ޑޮކްޓަރުންގެ އަޅާލުން ވަރަށް ބޮޑު ކަމަށާއި އެކަމާއިމެދު ވަަރަށް ބޮޑަށް ހިތްހަަމަޖެހޭ ކަމަށެވެ.