ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މައިލޯ އިންޓަރ ސްކޫލު ހޭންޑްބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އާއި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްރައްޒާގް އިބްރާހީމާއި ނެސްލޭ މައިލޯގެ މާކެޓިންގ އެގްޒެކްޓިވް މަހިންދަ ވިތަނަ އާއި ސްޕޯޓްސް ކައުންސިލުގެ މެމްބަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާތާރުގައި 14 ސްކޫލަކުން ވާދަކޮށްފައިވާ އިރު، 12 އަހަރުންދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ. މި އުމުރުފުރައިގެ އެންމެ މޮޅު 7 ކުޅުންތެރިން ހޮވާފައިނުވިނަމަވެސް އެ އުމުރުފުރާގެ ކޮންމެ ކުޅުންތެރިއަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ޚާއްޞަ ގިފްޓް ޕްލާކެއް ދީފައެވެ.
މި މުބާރާތުގެ 14 އަހަރުންދަށުގެ އަންހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ވިލިމާލޭ މުހްޔިއްދީން ސްކޫލް ހޯދި އިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ.
މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ދަރުމަވަންތަ ސްކޫލުގެ މުހައްމަދު އަބާން އިމްރާނާއި، ތާޖުއްދީން ސްކޫލުގެ ޝިއުސް ފަރީދާއި، މުހައްމަދު އަމާން އަހުމަދު ޝިޔާމާއި، އަލީ މާއިން މައުމޫން އާއި އިސްކަންދަރު ސްކޫލުގެ މުހައްމަދު ނައުޝާން ހުސައިނާއި ކަލާފާނު ސްކޫލުގެ މުހައްމަދު ރީޝާން ރަޝީދު އާއި އަމީނިއްޔާ ސްކޫލުގެ ރާއިދު ރަޝީދެވެ.
އަންހެން ކުދިންގެ ބައިން އެންމެ މޮޅު 7 ކުޅުންތެރިންނަކީ ތާޖުއްދީން ސްކޫލުގެ އައިމިނަތު މައިހާ ޝިހާމް އާއި މާފުށީ ސްކޫލުގެ އައިޝަތު ހަމްޒާ ނިޔާޒާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޝައިނާ މުހައްމަދު ޝައިނީ އާއި މުހްޔިއްދީން ސްކޫލުގެ އައިޝަތު ނާޝްމީ އަލީ އާއި އިއުފާ އަފީފާއި ޣާޒީ ސްކޫލުގެ އައިޝަތު ޝަޒްލީނާ އާއި ރެހެންދި ސްކޫލުގެ މަރިޔަމް ޒިޔާނާ އެވެ.
ސޯޅަ އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން ދަރުމަވަންތަ ސްކޫލް ޗެމްޕިއަންކަން ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މާފުށީ ސްކޫލެވެ. މިއީ މިއުމުރުފުރާގެ ޗެމްޕިއަންކަން މާފުށީ ސްކޫލުން ވިދިވިދިގެން ހޯދި ދެވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ހޯދި ފުރަތަމަ ސްކޫލެވެ.
ސޯޅަ އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ދަރުމަވަންތަ ސްކޫލުގެ އިބްރާހިމް އައިމަން އަސްލަމާއި އަހުމަދު މާހީ ނިޒާމާއި އިބްރާހިމް އަޒާން ރަޝީދާއި މުހްޔިއްދީން ސްކޫލުގެ އަލީ ވިޝާން އާއި މުހައްމަދު ސަމީހާއި އިސްކަންދަރު ސްކޫލުގެ މުހައްމަދު ޝަނީފާއި ރެހެންދި ސްކޫލުގެ މުހައްމަދު މީޝަމް އެވެ.
މީގެ އިތުރުން މި އުމުރުފުރާގެ އަންހެން ކުދިންގެ ބައިން އެންމެ މޮޅު 7 ކުޅުންތެރިންނަކީ ތާޖުއްދީން ސްކޫލުގެ ހައްވާ ސުލައިމާނާއި ފާތުމަތު އަނާން ނާޝިދާއި ހަމްދާ ހަސަން އިބްރާހިމް އާއި މާފުށީ ސްކޫލުގެ އައިޝަތު ރަފާ ޒަރީރާއި ރޫނާ އިބްރާހިމާއި އާމިނަތު ފައިހާ އާއި ހިރިޔާ ސްކޫލުގެ އާމިނަތު ހިބާ ފައިސަލެވެ.