އުމުރުން 37 އަގަރުގެ ބައްޕައަކު އޭނާގެ 9 މަހުގެ އަންހެން ދަރިފުޅު ދަލާލް ''ކާލައިފި'' އެވެ.
މިހާދިސާ އިނގާފައިވަނީ ސީރިޔާގެ ވެރިރަށް ދިމިސްޤްގައެވެ.
ދަރިފުޅުގެ މަންމަ ބުނީ އޭނާގެ ފިރމީހާއަކީ އަންހެން ދަރިންނަކީ "ވަބާއެއް" ކަމަށް ޤަބޫލުކުރާ މީހެއް ކަމަށާއި އެހެންކަމުން އޭނާއަށް އަބަދުވެސް ހުންނަން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ފިރިމީހާ މިދިއަ ހުކުރު ދުވަހު ކުއްޖާ އުރައިލުމަށްފަހު އަމަލުތައް ހުރި ގޮތުން ޝައްކުވެގެން މައިމީހާ ދިއައީ އަވަށްޓެރިންގެ އެހީ ހޯދުމަށެވެ.
ޖެހިގެންހުރި ގެއަށް ވަދެ އެހީއަށް އެދުމަށްފަހު އެނބުރި އަވަސްއަވަހަށް ގެއަށް އައިއިރު ކުޖާގެ މޫނާއި ކަރާއި އެތައް މިތަނުގައި ދަތްއެޅުމުގެ ސަބަބުން ކުއްޖާ އޮތީ ވަރަށް ސީރިއަސް ހާލަތުގައެވެ.
ލިބިފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންދިއަތަނާއެވެ.