ކުލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މި މަހުގެ 8 ވާ ހޯމަ ދުވަހުގެ ރޭ

ކިޔުމަށް ހޭދަވާނީ 41ސ
ކުލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މި މަހުގެ 8 ވާ ހޯމަ ދުވަހުގެ ރޭ
ރާއްޖޭގައި ބާއްވާ އެންމެ ގިނަދުވަސްވީ އެންމެބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލު މެޗު މި މަހުގެ 8 ވާ ހޯމަ ދުވަހުގެ ރޭ ކުޅުމަށް ތާވަލު ކޮށްފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

މި މުބާރާތުގެ ފައިނަލުގައި ބައްދަލު ކުރާނީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އެމްޕީއެލް އާއި އެމްއާރްޑީސީ އެވެ.

އެމްޕީއެލްއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ފައިބެއަހަރުގެ ޗެމްޕިއަން ބީއެމްއެލް އާބައްދަލުކުރި މެޗު4-3 ލަނޑުން ބަލިކޮށްގެންނެވެ.އަދި އެމްއާރްޑީސީ އިން ޖާގަހޯދީ ސެމީފައިނަލުގައިއެމްއޭސީއެލް އާބައްދަލުކުރި މެޗު 6-0 ލަނޑުން ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ.

އެމްއާރްޑީސީ އާއި އެމްޕީއެލް ކުޅޭ ފައިނަލް މެޗް އޮންނާނީ މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ 20:45 މާފަންނު ވެލި ދަނޑުގައެވެ.
މިއަދު އޮންލައިން