ޢުމުރުން 12 އަހަރުގެ ކުއްޖަކު އިނގިރޭސި ވިލާތުގެ އައިކިއު ޓެސްޓަކުން ގިނަ ބައެއް ޙައިރާންކޮށްލައިފި

ކިޔުމަށް ހޭދަވާނީ 1މ
ޢުމުރުން 12 އަހަރުގެ ކުއްޖަކު އިނގިރޭސި ވިލާތުގެ އައިކިއު ޓެސްޓަކުން ގިނަ ބައެއް ޙައިރާންކޮށްލައިފި
ޢުމުރުން 12 އަހަރުގެ ކުއްޖަކު އިނގިރޭސި ވިލާތުގެ އައިކިއު ޓެސްޓަކުން ގިނަ ބައެއް ޙައިރާންކޮށްލައިފިއެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅެމުންދާ އިންޑިއާ ނަސްލަށް ނިސްބަތްވާ ރައިގައުރީ ޕަވަރް ވަނީ ބްރިޓިޝް މެންސާ އައިކިއު ޓެސްޓުގައި ގިނީސް އަލްބަރޓް އެއިންސްޓެއިން އާއި ސްޓީފަން ހަވްކިންގ އާއި ވާދަކޮށް ދެ ޕޮއިންޓުގެ ތަފާތަކުން ކާމިޔާބުކޮށްފައެވެ.

މެންޗެސްޓަރ ގައި ބޭއްވި މި އައިކިއު ޓެސްޓަކީ ޢާންމުކޮށް 18 އަހަރުން މަތީގެ ދަރިވަރުން ބައިވެރިވާ ޓެސްޓެއް ނަމަވެސް ރައިގައުރީ މި ޓެސްޓުގައި ވަނީ 162 ޕޮއިންޓު ހޯދާފައެވެ. މިއީ އެވްރެޖު ގޮތެއްގައި 18 އަހަރުން މަތީގެ ދަރިވަރުންނަށްވެސް ހޯދޭ ނަތީޖާއަށްވުރެ މަތީ ނަތީޖާއެކެވެ.

މި ނަޖީތާއާމެދު ރައިގައުރީ ޕަވަރް ބުނީ "އެންމެ ފުރަތަމަ ކުޑަކޮށް ހާސްވި ކަމަށާއި ނަމަވެސް ލިބުނު ނަތީޖާ އިން ވަރަށް ބޮޑަށް ހިތްހަޖެހޭ" ކަމަށެވެ.

ރައުގައުރީ ޕަވަރްގެ ބައްޕަ ޑރ. ސުރައި ކުމާރަ ޕަވަރް ބުނީ "ރައުގައުރީގެ ޓީޗަރުންނާ ނުލާ މިއީ ވާނޭ ކަމެއް ނޫން" ކަމަށާއި އެކަމަށްޓަކައި ޓީޗަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

އޭނާގެ މި ނަތީޖާގެ ސަބަބުން މިހާރު އޭނާއަކީ އެލީޓް ބްރިޓިޝް އައިކިއު ސޮސައިޓީގެ މެމްބަރެކެވެ.
މިއަދު އޮންލައިން