"ޕްރިޔާންކާ" އޭ ކިޔަފައި ގޮވުމުން ދިޕިކާ ހުރީ ރުޅިއައިސްފަ

ކިޔުމަށް ހޭދަވާނީ 1މ 46ސ
"ޕްރިޔާންކާ" އޭ ކިޔަފައި ގޮވުމުން ދިޕިކާ ހުރީ ރުޅިއައިސްފަ


މީގެ ދުވަސްތަކެއް ކުރިން ލޮސް އެންޖެލެސް ގެ އެއާޕޯޓުގައި ހިނގި ކުޑަ ހަދިސާ އެކެވެ. ބޮލީވުޑް ގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޯން އެއާޕޯޓުން ނިކުތް އިރު، ނޫސްވެރިންތަކެއް ތިބީ ކެމެރާ ހިފައިގެން އޭނާގެ އިންތިޒާރުގައެވެ. އޭނާ ފެނުމާއިއެކު ކެމެރާތަކުން ފޮޓޯ ނަގަމުން، އެމީހުން އޭނާ އަށް ގޮވިއެވެ. ނަމަވެސް ގޮވުނީ މުޅިން އެހެން ނަމަކުންނެވެ.

ދިޕިކާ ނިކުތް ތަކުން "އެހުރީ ޕްރިޔާންކާ" މިފަދައިން އޭގެން އެކަކު ބުނާ އަޑު އިވެއެވެ. ކާރަށް އަރަން ވެގެން ދިޕިކާ ހިނގާފައި އަންނަނިކޮށް ވެސް ހުއްޓުމެއް ނެތި އެމީހުން "ޕްރިޔާންކާ" އޭ ކިޔާފައި ދިޕިކާ އަށް ގޮވިއެވެ.

އެދުވަހު ދިޕިކާ އެކަމަށް ރައްދެއް ނުދީ އެތަނުން އަދި ނޫސްވެރިންނާ ދިމާލަށް ބަލާވެސް ނުލާ ދިޔުމުން ގިނަ ބަޔަކު ހީކުރީ ދިޕިކާ އެކަން މާބޮޑު ކަމަކަށް ނުހަދާ، އެކަމާއި ވަރަށް "ކޫލް" ކަމަށެވެ.
ނަމަވެސް ހަގީގަތަކީ މިއެއް ނޫންކަން ދީޕިކާ މިވަނީ ވަރަށް ފަހުން ހާމަ ކޮށްދީފައެވެ. ވަރަށް ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއު އެއްގައި ދިޕިކާ ބުނެފައިވަނީ ބޭރުގެ ނޫސްވެރިން އޭނާއައި ދިމާލަށް ޕްރިޔާންކާ އޭކިޔާފައި ގޮވުމަކީ ރޭސިޒަމް ކަމަށެވެ.

"އެއްކުލައެއްގައި ދެމީހުން ހުރުމުގެ މާނަ އަކީ އެއީ އެކަކޭ އެއް ނޫން. އެއަށް ކިޔަނީ ރޭސިސްޓް ވުން. އަހަރެން އެކަން ބަލައެއް ނުގަންނަން. އަދި އިންޑިއާ ރައްޔިތެއްގެ ހައިސިއްޔަތުން ތިއެންމެން (އިންޑިއާ ނޫސްވެރިން) ވެސް އެކަމަށް ހިތްވަރު ނުދީ އެކަމާއި ދެކޮޅަށް ނިކުންނަން ޖެހޭ" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ ދިޕިކާ ބުނެފައިވެއެވެ.
ދިޕިކާ ބުނީ ބޭރުގެ ނޫސްވެރިންނަށް އެކަހަލަ ކަންތައްތައް ނުކުރަން އިންޑިއާ މީހުން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

އެމެރިކާ ގެ ބައެއް މީހުން ދިޕިކާ އަށް ޕްރިޔާންކާ ގެ ނަން ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އިންޑިއާގެ ރިޕޯޓު ތަކުން ބުނާގޮތުގައި ދިޕިކާ ގެ ފުރަތަމަ ހޮލީވުޑް ފިލްމު ކަމުގައިވާ 'ޓްރިޕަލް އެކްސް- ރިޓާން އޮފް ޒެންޑާ ކޭޖް" ގެ ޕްރޮމޯޝަން ތަކުގައިވެސް ބައެއް ނޫސްވެރިން ވަނީ ދިޕިކާ އަށް ޕްރިޔާްކާ އޭ ކިޔާފައި ގޮވާފައެވެ.

މިއަދު އޮންލައިން