އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބްކޮށްފިއެވެ.
ޕާކިސްތާނާއި ވާދަކޮށް 49 ޕޮއިންޓު 7 ޕޮއިންޓުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ގްރޫޕް އޭގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ސްރީލަންކާ، ހޮންގކޮންގ، ތައިލެންޑް، ޕާކިސްތާނެވެ. މި މުބާރާތުގައި ރާއްޖެ އާއި ތައިލެންޑު މުއަދު ހަވީރު ބައްދަލުކުރާ އިރު، މާދަމާ ހޮންގކޮންގ އާބައްދަލު ކުރާނެއެވެ. އަދި މާދަންނޫން އަނެއް ދުވަހު އަވަށްޓެރި ސްރީލަންކާ އާބައްދަލުކުރާނެއެވެ.
މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކޮރެއާގެ ޖިއޮންޖޫގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި 12 ކުޅުންތެރިން ވަނީ ހިމަނާފައިވާ އިރު، ރާއްޖެ ޓީމުގެ ކޯޗުގެ މަޤާމަށްހަމަޖައްސާފައިވަނީ އައިމިނަތު ހަލީމެވެ. އަދި އެސިސްޓެންޓް ކޯޗަކަށްހަމަޖައްސާފައިވަނީ އައިޝަތު ލޫނާ މޫސާއެވެ.
މި މުބާރާތުގައި އޭޝިއާގެ 10ޤައުމަކުން ވާދަކުރާއިރު، ގްރޫޕް ބީގައި ހިމެނެނީ މެލޭޝިއާ، ސިންގަޕޯރ، ޗައިނީސް ޓައިޕޭ، އިންޑިއާ އަދި ކޮރެއާ އެވެ.
މި މުބާރާތުގައި ދިވެހިރާއްޖެދެ އަމްޕަޔަރުން ކަމަށްވާ ރިޟުވާން އާދަމާއިނަބީލް އިބްރާހިމް އަންނަނީ ހަރަކާތްތެރިވަމުން ނެވެ. މީގެ ތެރެއިން ރިޟުވާނަކީ މިދިޔަ އަހަރު އޮތް މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަމްޕަޔަރެކެވެ.