ރޭޕްކުރި 4 މީހުންނަށް މަރުގެ އަދަބު ދޭން ތާއީދު- ރޭޕްކުރާމީހުންނަށް މަރުގެ އަދަބު ދޭންޖެހޭ: ސްޕްރީމް ކޯޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރޭޕްކުރި 4 މީހުންނަށް މަރުގެ އަދަބު ދޭން ތާއީދު- ރޭޕްކުރާމީހުންނަށް މަރުގެ އަދަބު ދޭންޖެހޭ: ސްޕްރީމް ކޯޓް
23 އަހަރުގެ އަންހެންކުއްޖަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގި 4 ޒުވާނަކު މަރަން ދަށު ކޯޓުން ކުރި ޙުކުމަށް ހުކުރު ދުވަހު އިންޑިއާގެ ސްޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ވިދާޅުވީ ގަދަކަމުން ޖިންސީ ގުޅުން ހިންގައި އިއްފަތްތެރިކަމަށް އަރައިގަންނަ މީހުންނަށް މަރުގެ އަދަބު ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކޯޓުގެ ހުކުމާއި ގުޅިގެން އަންހެން ކުއްޖާގެ ބައްޕަ ބުނީ ހުކުމާއިމެދު އުފާކުރާ ކަމަށެވެ. އަދި ވީހައި އަވަހަކަށް ޙުކުމް ތަންފީޒްކޮށްދިނުމަށް އެދޭ ކަމަށެވެ.

ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި މުޅި އިންޑިއާގައިވެސް ގެންދަނީ މުޒާހަރާކުރަމުންނެވެ. ރައްޔިތުން ބުނަމުން ގެންދަނީ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ އަމަލުތައް އިތުރުވަމުންދަނީ އެފަދަ އަމަލުތައް ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދޭތީ ކަމަށެވެ.

ޢާންމު ގޮތެއްގައި އިންޑިއާގައި މިބާވަތުގެ އަމަލުތައް ކުރަނީ މަތީ ފަންތީގެ މީހުން ކަމަށްވާތީ ވަރަށް މަދުފަހަރަކު ނޫނީ އެކަށީގެންވާ ގޮތެއްގައި މައްސަލަ ބެލިފައެއް ނުވެއެވެ.
މިއަދު އޮންލައިން