ފިއެސްޓާގެ ޗެމްޕިއަންކަން ޓީމު ފެނަކަ ހޯދައިފިއެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ފިއެސްޓާގެ ޗެމްޕިއަންކަން ޓީމް ފެނަކައިން ހޯދީ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި ބައްދަލުކޮށް 11-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ޓީމް ފެނަކައިގެ ބިދޭސީ ކުޅުންތެރިޔާ ސަސިޗާ ފޮތިވުންގ 4 ގޯލް ޖަހާފައިވާ އިރު، ޖެންޖީރާ ބުފާ ވަނީ ހެޓްރިކް ހަދާފައެވެ. އަދި ޖިރަޕްރަޕާ ޓުޕްސުރި 2 ގޯލް، އައިޝަތު ސަމާ އާއި ޝަހުލާ ތައުފީޤު ކޮންމެ ކުޅުންތެރިއަކު ވަނީ އެއްގޯލު ޖަހާފައެވެ.
ދިވެހި ސިފައިންގެ ކްލަބުގެ ފުރަތަމަ ގޯލް ޕިމްޕިލާ ޗޮކްޗާއި ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ދެވަނަ ގޯލަކީ ޓީމް ފެނަކައިގެ ޖިރަޕްރަޕާ ޓުޕްސުރި އަތުން ބައިކޮޅަށް ވަން ގޯލެކެވެ.