ކޭ އެޗް ސްޕޯޓްސް އެކަޑަމީން އަނެއްކާވެސް ދުވުމެއް ބާއްވަނީ

ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޭ އެޗް ސްޕޯޓްސް އެކަޑަމީން އަނެއްކާވެސް ދުވުމެއް ބާއްވަނީ
ކޭ އެޗް ސްޕޯޓްސް އެކަޑަމީން އަނެއްކާވެސް ދުވުމެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ރާއްޖެ ދުށް އެންމެ ކާމިޔާބު އެއްދުވުންތެރިޔާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އަޔަންމޭން ޑރ. ޙުސައިން ޙަލީމް (ކުޑަ ހުސައިން) ވިދާޅުވީ މިއީ މަރްޙޫމް ޒާހިރު ނަޞީރުގެ ހަނދާނުގައި އެ އެކަޑަމީން ބާއްވަމުން އަންނަ ސިލްސިލާ ދުވުންތަކުގެ ތެރޭގައި ހިމެނޭ ދުވުމެއް ކަމަށެވެ.

މި މަހުގެ 19 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގައި ހުރިހާ ޢުމުރުފުރާއަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި ދުވުން އޮންނާނީ ރަސްފަންނު ސަރަހައްދުގައި ކަމަށާއި މިއީ ދުވަން ފަށައިގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ދުވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މި މަހުގެ 17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 9995823 ނަމްބަރ ފޯނަށް ގުޅުއްވުމުން ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދުވުމުގައި އޮންނާނީ 4 އަހަރާއި 8 އަހަރާއި ދެމެދުގެ ކުދިންނަށް 500 މީޓަރ، 9 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 1000 މީޓަރ އަދި 13 އަހަރުން މަތީގެ ފަރާތްތަކަށް 2 ކިލޯމީޓަރ އެވެ.

ކޭއެޗް އެކަޑަމީން މީގެ ކުރިންވެސް ވަނީ ކުޑަކިދިންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ދުވުމެއް ބާއްވާފައެވެ.
މިއަދު އޮންލައިން