މަގުފޭރި 3 މީހުން މެރި ކުއްޖަކު ބޮޑެތިމީހުންގެ ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މަގުފޭރި 3 މީހުން މެރި ކުއްޖަކު ބޮޑެތިމީހުންގެ ޖަލަށް!
ތައިލަންޑުގައި މަގުފޭރި އުޅުނު އަދި 3 މީހުން މެރި ކުއްޖަކު ބޮޑެތިމީހުންގެ ޖަލަށް ލައިފިއެވެ.

މިކަމާއި ގުޅިގެން ކޯޓުން ބުނީ އޭނާގެ އުމުރަކީ 17 އަހަރު ނަމަވެސް މަގުފޭރުމާއި މީހުން މެރުމަކީ ކުޑަކުދިން ކުރާ ކަންކަން ނޫން ކަމަށާއި ބޮޑެތި ޖަރީމާތައް ހިންގުމުން އެއީ ކުޑަކުއްޖެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ފަނޑިޔާރުން ބުނެފައިވަނީ ކުޑަކުދިންގެ ޖަލުގައި ބަންދުކުރަންޖެހޭނީ ކުޑަކުދިން ކުރާ ޒާތުގެ ކުށްތައް ކުރުމުން ކަމަށާއި ބޮޑެތި މީހުން ކުރާ ޒާތުގެ ކުށްތައް ކުރުމުން ކުއްޖާ އެހެރީ ބޮޑުމީހަކަށްވެފައި ކަމަށެވެ.

އެކުއްޖާއަކީ އުމުރުން 17 އަހަރުގެ ކުއްޖަކަށްވެފައި ބޮޑެތި މީހުން ބަންދުކުރާ ޖަލެއްގައި ބަންދުކުރުމުން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން