ހޮރައިޒަން އެކަޑަމީގެ ބެޑުމިންޓަން މުބާރާތުގެ ފައިނަލް ދެ ޓީމް ހޮވިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ހޮރައިޒަން އެކަޑަމީގެ ބެޑުމިންޓަން މުބާރާތުގެ ފައިނަލް ދެ ޓީމް ހޮވިއްޖެ
ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ ފައިނަލުގެ އަންހެން، ފިރިހެން އިވެންޓުތަކުގައި އެއްކޮޅުން ފައިނަލުގައި ވާދަކުރާނެ ޓީމްތައް ކަށަވަރު ވެއްޖެއެވެ.

ޖުމްލަ ހަ ޓީމް ވާދަކުރި މިމުބާރާތުގެ ފިރިހެން ޓީމް އިވެންޓުން އެއް ކޮޅުން ފައިނަލަށް ގޮސްފައިވަނީ އައްޑޫ ބެޑްމިންޓަން ކުލަބު (އޭބީސީ) ގެ ބީ ޓީމެވެ. އަންހެން ޓީމް އިވެންޓުން ފައިނަލަށް ގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނެވެ.

މި ދެޓީމާ އަނެއްކޮޅުން ފައިނަލުގައި ވާދަކުރާނެ ޓީމްތައް މިއަދު ކަށަވަރުވާނެއެވެ. މިއަދު ކުޅޭ ސެމީގެ މެޗުތަކުގައި ފިރިހެން އިވެންޓުގައި ބައްދަލުކުރާނީ އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ގެ ސީ ޓީމާއި، އެކުލަބުގެ އޭ ޓީމެވެ. އަންހެން ޓީމް އިވެންޓުގެ ދެވަނަ ސެމީގައި ވާދަކުރާނީ އައްޑޫބެޑްމިންޓަން ކުލަބު (އޭބީސީ) ގެ ސީ ޓީމާއި އެކުލަބުގެ ބީ ޓީމެވެ.
މިއަދު އޮންލައިން