އެއް ބަޔަކު ބިމުގެ އެކި ކަންކޮޅުތަކުގައި ތަފާތު ގޮތްގޮތަށް ކައިވެނި ކުރާއިރު، ކަނޑު އަޑީގައި ކައިވެނި ކުރި ބަޔަކު ވެސް އެބަ އުޅެއެވެ.
މިފަހަރުވެސް އެކަހަލަ ތަފާތު ކައިވެންޏެކެވެ. ކެލިފޯނިއާ ގެ މިދެމަފިރިން ކައިވެނި ކުރީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓަން އެވަރެސްޓުގައެވެ.
އުމުރުން 32 އަހަރުގެ އޭޝްލީ އާއި 35 އަހަރުގެ ޖޭމްސް، ނޭޕާލަށް ދިޔައީ މިއަހަރުގެ މާރޗު މަހުގެ ކުރީކޮޅުއެވެ. ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން މައުންޓަން އެވަރެސްޓަށް އަރަން ނޭޕާލަށް ދިޔައީ، އެފަރުބަދައަށް އަރަން އެއް އަހަރު ދުވަހުގެ ޓްރެއިންގ އެއް ހެދާ ތައްޔާރުވުމަށް ފަހުއެވެ.
އެދެމީހުންނާއި އެކު ފަރުބަދައަށް އެރި މީހުންގެ ތެރޭގައި އެމީހުންގެ ފޮޓޯގްރާފަރުވެސް ހިމެނެއެވެ.އެމީހުންނަށް 17،000 ފޫޓުގެ އުސް މިން ހުންނަ މައުންޓަން އެވަރެސްޓުގެ އެންމެ މައްޗަށް އެރުނީ ތިން ހަފްތާއިންނެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައްޗަށް އެމީހުންނަށް އެރުން އިރު ސްނޯ ވެސް ފައިބައެވެ.