އިންޑިއާގައި ރޭ ކުރިއަށްގެންދިއަ ކައިވެނީގެ ހަފްލާއެއް ކުރިއަށް ގެންދަނިކޮށް އިމާރާތުގެ ފާރެއް ވެށްޓި 24 މީހުން މަރުވެ 29 މީހުން ޒަޚަމްވެއްޖެއެވެ.
އިންޑިއާގައި ފާރު ވެށްޓުމާއި މިފަދަ ހާދިސާތައް ހިނގުމަކީ ވަރަށް ޢާންމު ކަމެކެވެ.
އިމާރާތްކުރުމުގެ އަގު ބޮޑުވެފައި އިމާރާތްކުރުމުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ބޮޑުވުމުން ވީހައި ފެންވަރުދަށް ބާވަތްތައް ބޭނުންކޮށްގެން އިމާރާތް ކުރަމުން ގެންދާތީ މިފަދަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
މިފަދަ މައްސަލަތަކުގައި ކޮންމެ އަހަރަކުވެސް ގިނަ ބައަކު ދަނީ މަރުވަމުންނެވެ.