އަނބިމީހާގެ ރުޅިމަޑުކުރުވައި އަލުން ލޯބި ހޯދަން ޓީޗަރސް ރޫމް މަލާއި ފައިސާ އަދި ކޭކާ ހަދިޔާތަކުން ފުރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަނބިމީހާގެ ރުޅިމަޑުކުރުވައި އަލުން ލޯބި ހޯދަން ޓީޗަރސް ރޫމް މަލާއި ފައިސާ އަދި ކޭކާ ހަދިޔާތަކުން ފުރާލައިފި
ސައުދިއަރަބިޔާގެ ފިރިހެނަކު އޭނާގެ އަނބިމީހާ (ޓީޗަރެއް) ގެ ރުޅިމަޑުކުރުވައި އަލުން ލޯބި ހޯދަން އޭނާ މަސައްކަތްކުރާ ސްކޫލުގެ ޓީޗަރސް ރޫމް، މަލާއި ކޭކާއި ފައިސާ އާއި ހަދިޔާތަކުން ފުރާލައިފިއެވެ.

ތީޗަރުންތައް ހެނދުނު ޓީޗަރސް ރޫމަށް އައިރު ކަމަކުދާކަށް ނެތެވެ. ކޮޓަރިއަށް ވަނީ އާދައާއި ޚިލާފް ޒަލްޒަލާއެއް އައިސްފައެވެ.

ކޮޓަރި ފުރިފައިވަނީ މަލާއި މާފިޔަތަކުންނެވެ. ތަޅުންމަތީގައި ހުރީ މާފިޔަތައް އެކަންޏެއް ނޫނެވެ. ފައިސާގެ ނޫޓުތައްވެސް އެހައިމެ ބައިވަރެވެ. ބޮޑު ސިންގާ އުސް ކޭކެކެވެ. ގަހަނާތަކާއި ހަދިޔާތަކެވެ.

ދެން އޮތީ ނޯޓެކެވެ. "ލޯބިވާއެވެ. ކަލާދެކެ އިންތިހާއަށް ލޯބިވަމެވެ. ކުށެއް ކުރެވިފައިވާނަމަ މަޢާފްކުރާށެވެ. ތިއައީ ޓީޗަރެއް ނޫން ހެއްޔެވެ؟ ޓީޗަރުންގެ ކިބައިގައި މައާފްކުރުމުގެ ޤާބިލުކަން އަބަދުވެސް ހުންނާނެއެވެ."

މިކަން ކުރީ ތައުލީމީ ވުޒާރާގެ ސެކިޔުރިޓީ ބައިގައި މަސައްކަތކުރާ މީހެކެވެ. އޭނާ އެކަންކުރީ ސްކޫލު ބަންދުކޮށްފައި ދިއުމުން އެތަނަށް ވަދެއެވެ.

ސްކޫލުން ބުނީ ދެމަފިރިންގެ މައްސަލަތައް ހައްލުކޮށް ލޯބިން އުޅުމަށް ތަރުޙީބުދޭ ކަމަށާއި ނަމަވެސް ލޯބީގެ މެސެޖުތައް ދޭތަނަކަށް ސްކޫލް ނުހެދުމަށް އެދޭ ކަމަށެވެ. ސްކޫލުން ވަނީ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

ގުޅުންހުރި ވީޑިއޯ
މިއަދު އޮންލައިން