އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސްރީލަންކާއިން ހޫނު މަރުހަބާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސްރީލަންކާއިން ހޫނު މަރުހަބާއެއް!
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނު ސްރީލަންކާއަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި އިއްޔެ ސްރީލަންކާއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. 2015 ވަނަ އަހަރުވެސް މޯދީ ވަނީ ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

މޯދީ ވަނީ ސްރީލަންކާގެ ރައީސް ސިރިސޭނަ އާއިއެކުވެސް ބައްދަލު ކުރައްވައި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތައް ކުރިއަށް ގެންދަވައިފައެވެ. އަދި ވެސަކް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.

ޚާއްޞަ އެއްކަމެއްގެ ގޮތުން އިންޑިއާއިން އަޅައިދިން 150 އެނދުގެ ހޮސްޕިޓަލްވެސް މޯދީ ހުޅުއްވައިދެއްވާނެއެވެ.

ރާއްޖެއިން އިންތިޒާރުކުރަމުން ގެންދަނީ މޯދީގެ ދަތުރުފުޅު ޗާޓަށް ރާއްޖެ އަރާނެ ދުވަހަކަށެވެ.
މިއަދު އޮންލައިން