ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ހައްޖާއި އުމުރާވެ ކަންކަން އިތުރަށް ކުރިއަރުވަން މަޝްވަރާކޮށްފިއެވެ.
200 ވަރަކަށް ބައިވެރިންނާއިއެކު މިކަމަށްޓަކައި އުއްމުލްޤްރާ ޔުނިވަރސިޓީގައި ކުރިއަށްގެންދިއަ މަހާސިންތާ ޝަރަފުވެރިކޮށްދެއްވީ ވަލީ އަހްދު ޕްރިންސް މުޙައްމަދު ބިން ނާއިފްއެވެ.
މަހާސިންތާގައި މަޝްވަރާކުރި ކަންކަމުގެތެރޭގައި ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ހައްޖުވެރިންނަށާއި އުމުރާއަށް ދާ މީހުންނަށް މައުލޫމާތު ދިނުން އިތުރުކުރުމާއި ކަންކަން ފަސޭހަކޮށްދިނުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.
ހައްޖުވެރިންނަށް ޚާއްޞަކޮށްގެން މިދިއަ އަހަރު ތަޢާރަފްކުރި އުޅަކީވެސް ހޯދުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ އުޅާ އަތުގައި އޮތްނަމަ ގެއްލިގެން ހޯދަން ކުރިމަތިވާ މައްސަލަތައް މަދުކުރެވި އެނޫންވެސް ގިނަ ފަސޭހަކަތަކެއް ލިބިގެންދާނެއެވެ.
މިފަދަ ގިނަ ކަންތައްތަކެއް ސައިންށާއި ޓެކްނޮލޮޖީގެ އެހީގައި ހޯދިދާނެއެވެ.