ޤިޔާމަތް ކައިރިވުން: އަލްވަލީދު ދުނިޔޭގެ އެންމެ އުސް އިމާރާތް ހުޅުވުން 2019 ވަނައަހަރަށް ލަސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޤިޔާމަތް ކައިރިވުން: އަލްވަލީދު ދުނިޔޭގެ އެންމެ އުސް އިމާރާތް ހުޅުވުން 2019 ވަނައަހަރަށް ލަސްކޮށްފި
ސައުދިއަރަބިޔާގެ ރެޑް ސީ ސަރަހައްދުގައި ސައުދިއަރަބިޔާގެ ޕްރިންސް އަލްވަލީދު އަޅުއްވަމުން ގެންދަވާ "ދުނޔޭގެ އެންމެ އުސް އިމާރާތް" ނިންމައި ހުޅުވުން 2019 ވަނަ އަހަރަށް ލަސްލޮށްފިއެވެ.

އަލްވަލީދު ކުރިން ނިންމަވާފައިވަނީ އިމާރާތުގެ މަސައްކަތްތައް ނިންމަވައި މިފެށޭ 2018 ވަނަ އަހަރު ހުޅުއްވުމަށެވެ. ނަމަވެސް މިދިއަ ހަފްތާގައި ސައިޓަށް ވަޑައިގެން މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްފަހު އަލްވަލީދު ވިދާޅުވީ އިމާރާތުގެ މަސައްކަތްތައް ނިމި ހުޅުވޭނީ 2019 ވަނަ އަހަރު ކަމަށެވެ.

އިމާރާތުގެ މަސައްކަތް ކުރަނީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. މަސައްކަތް ލަސްވަމުން ދަނީ 2014 ވަނަ އަހަރު ކުންފުންޏަށް ކުރިމަތިލާންޖެހުނު މައްސަލަތަކާއި ގުޅިގެން ކަމަށް ޤަބޫލުކުރެވެއެވެ.

އިމާރާތުގެ އުސްމިން ހާމަނުކޮށް ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް ގެންދަވަނީ އިމަރާތެއް އަޅުއްވަމުންނެވެ. ނިމޭއިރު އުސްވާނީ ކޮން އިމާރާތެއް ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިއެވެ.

އެކަކަށްވުރެ އަނެކެއްގެ އިމާރާތް އުސްކޮށް ފަޚުރުވެރިވުމަކީ ފަހުޒަމާނުގެ އަލާމާތެކެވެ.
މިއަދު އޮންލައިން