ސައުދިއަރަބިޔާގައި އަންހެން ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއްގެ ޑްރައިވަރު ހޭނެތުމުން ދަރިވަރުންތައް ބަސް ސަލާމަތްކޮށް ދުއްވާފައި ޑްރައިވަރު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ޑްރައިވަރަށް ކަމެއް ވެއްޖެކަން ދަރިވަރުންނަށް އެނގުނީ ކުއްލިއަކަށް ބަސް މިސްރާބުން ނެއްޓެން ފެށުމުންނެވެ، އެވަގުތު ދަރިވަރުން ގޮސް ޑްރައިވަރު ސީޓުން ނަގައި ބަހުގެ ކޮންޓްރޯލް އެކުދިންގެ ދަށަށް ގެނުވީއެވެ. އެކްސިޑެންޓެއް ނުވެ ސަލާމަތްވީ ހަމަކިރިޔާއެވެ.
އެކުދިންވަނީ ޑްރައިވަރަށް ކުއްލިއެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.
ހައިލް ޔުނިވަރސިޓީން ވަނީ އެކުދިން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އިނާމުދީފައެވެ. ޔުނިވަރސިޓީން ބުނީ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ދެމުން ގެންދާ ކަމަށެވެ. ދަރިވަރުންނަށް ސައުދިއަރަބިޔާގައި ކާރު ދުއްވުމަކީ އަންހެނުންނަށް މަނާ ކަމެކެވެ. ނަމަވެސް އަންހެނުން ދަނީ ކާރު ދުއްވަން ޝައުޤުވެރިކަން ފައުޅުކުރަމުންނެވެ.