ޔަހޫދީންގެ އަނިޔާވެރިކަމަށް ފަލަސްޠިނުގެ ޒުވާނުން ކުރިއަށް ގެންދާ ހަފްތާ މުޒާހަރާއަށް މިއަދު ނުކުތުމުން 20 އަހަރުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހާ ޝަހީދުކޮށްލައިފިއެވެ.
ޞަބާހް ނިދާލް ޢުބައިދު ނިޔާވީ އޭނާގެ ބޮލަށް ބަޑިޖެހުމުން ހޮސްޕިޓަލަށް ގެންދިއަތަނާއެވެ.
ފަލަސްޠީނުގެ ޒުވާނުން ކޮންމެ ހުކުރު ދުވަހަކު ކުރިއަށް ގެންދާ ހަރަކާތްތަކަކީ އިޒްރޭލުގެ ޖަލުތަކުގައި އެތައް ހާސް ފަލަސްޠީނުގެ ޒުވާނުން ބަންދުކޮށްފައި ތިބުމާއި އެތައް ހާސް ޒުވާނުންގެ ޝަރީއަތް ވެސް ކުރިއަށް ނުގެންދާތީ ޖަލުތަކުގައި މިހާރު ހައިހޫނުކަމުގައި ތިބި ޤަދީންނާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.
އިޒްރެލް ސިފައިން ވަނީ ފާއިތުވި 2 އަހަރެއްހައި ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ 250 އަށްވުރެ ގިނަ ޒުވާނުންގެ ބޮލަށް ބަޑިޖަހާ މަރައިފައެވެ.