ވިވެކް އޮބްރޯއީގެ ކުންފުނިން 25 ފްލެޓް ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ވިވެކް އޮބްރޯއީގެ ކުންފުނިން 25 ފްލެޓް ހަދިޔާކޮށްފި
ބޮލީވުޑްގެ ތަރި ވިވެކް އޮބްރޯއީގެ ކުންފުނި ކަރްމް އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑުން 25 ފްލެޓް ހަދިޔާ ކޮށްފިއެވެ.

އެ ކުންފުނިން ފްލެޓް ހަދިޔާކޮށްފައިވަނީ އިންޑިއާގެ މަހާރަސްތާގެ ސެންޓްރަލް ރިޒަރވް ޕޮލިސް ފޯރސް (ސީއާރްޕީއެފް) ގެ ޢާއިލާތަކަށެވެ.

މިއީ ސީއާރްޕީއެފްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ގެދޮރުގެ ދަތިކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ދިން ހަދިޔާއެކެވެ. އަދި މި ފްލެޓްތަކުގެ ތެރެއިން 4 ފްލެޓެއް ވަނީ ޢާއިލާ އާއިޙަވާލުކޮށްފައެވެ.

މި ފްލެޓްތައް ދިނުމުގައި ގެދޮރުގެ ދަތިކަން އެންމެ ބޮޑު ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި އެކަން ކުރަމުންދާގޮތް ވިވެކްގެ ކުންފުނިން ބަލައި، މޮނިޓަރ ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދު އޮންލައިން