ޓީ ޓްވެންޓީ ކްރިކެޓް މުބާރާތެއްގައި އެންމެ ގިނަ ކެޗް ހިފި ވިކެޓް ކީޕަރގެ ޝަރަފް އެމްއެސް ދޯނީއަށް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ޓީ ޓްވެންޓީ ކްރިކެޓް މުބާރާތެއްގައި އެންމެ ގިނަ ކެޗް ހިފި ވިކެޓް ކީޕަރގެ ޝަރަފް އެމްއެސް ދޯނީއަށް
ޓީ ޓްވެންޓީ ކްރިކެޓް މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ކެޗް ހިފި ވިކެޓް ކީޕަރގެ ޝަރަފް އިންޑިއާގެ އެމްއެސް ދޯނީ ހޯދައިފިއެވެ.

އިންޑިއާ ދުށް އެންމެ ކާމިޔާބު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެމްއެސް ދޯނީ މި ޝަރަފް ހޯދީ މިހާރު ކުރިއަށްދާ ވީވޯ އިންޑިއަން ޕްރެމިއަރ ލީގް ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގައެވެ.

އިންޑިއާގެ ރައިޒިންގ ޕުނޭ ސްޕަރޖިއަންޓް (އާރްޕީއެސް) ގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ އަދި އިންޑިއާ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މި ޝަރަފް ހޯދުމުގެ ކުރިން އެ ޝަރަފް އޮތީ ސްރީލަންކާ ޓީމުގެ ވިކެޓް ކީޕަރ ކުމާރް ސަންގައްކަރަ އަތުގައެވެ. އޭނާ ހިފާފައިވަނީ 124 ކެޗެވެ.

އާރްސީޕީ އާއި ޑެލްހީ ޑެއަރޑެވިލްސް އިއްޔެ ކުޅުނު މެޗުގައި ދޯނީ ވަނީ ހޮވުމުގަ އާއި ކުޅުމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޓީމު ބަލިވާން ދަނިކޮށް ދޯނީ ކުޅެން އަރާ، ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.

ދޯނީ ވަނީ އިއްޔެގެ މެޗުގައި އިދިކޮޅު ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ މާރލޮން ސެމިއުލް، ޑެނިއަލް ކްރިސްޓިއަންގެ ކެޗް ހިފާ ޓީމަށް ހިތްހަމަޖެހުން ގެނެސްދީފައެވެ.
މިއަދު އޮންލައިން