އިނގިރޭސިވިލާތުގެ އަވަށެއްގައި ދިރިއުޅުނު އުމުރުން 23 އަަހަރުގެ ރަޝޭލް ކޯރު ކައިރިއަށް ދިއައީ އޭނާގެ 3 ދަރިން ގޮވައިގެންނެވެ. އެހެން ދުވަސްތައް ފަދައިން ދަރިންނަށް ހިތްހަމަޖައްސައިދޭށެވެ. ސާފުވައި ހޯދައި ދިނުމަށާއި ކުޅިވަރުކުޅެ ދުވަލާ އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ.،
ރަޝޭލް ދަރިން ގޮވައިގެން އުޅެނިކޮށް ކުއްލިއަށް ނުކުތް މީހަކު އޭނާއަށް ހަމަލާދިނީއެވެ. ގަދަކަމުން ޖިންސީ ގުޅުން ހިންގީއެވެ. އެވަރަކުން ވެސް އޭނާ ހިތް ހަމައެއް ނުޖެހުނެވެ. ރަޝޭލްގެ ނޭވާ ހާސްކޮށް މަރައިވެސްލީއެވެ.
މިކަންކަން ހިނގައިދިއައީ ދަރިންގެ ކުރިމަތީގައެވެ. 3 ކުދިން ގަތްބިރުން ގަހަކާއި ނިވާވެ ބަލަން ތިބީއެވެ.
ރަޝޭލްގެ ފިރިހެން ދަރިފުޅުގެ އުމުރަކީ އެއިރު އެންމެ 3 އަހަރެވެ. ލިބުނު ސިހުމާއި އޭނާއަށް ވަނީ ވާހަކަ ނުދެވޭގޮތް ވެފައެވެ. އޭނާއަށް ވާހަކަދެއްކޭ ގޮތްވީ ދާދިފަހުންނެވެ. އުމުރުން 27 އަަހަރުގައެވެ.
އޭނާގެ ފުރަތަމަ ބަހަކަށްވީވެސް މަންމަގެ ވާހަކައެވެ. މަންމަ މަރާލި ހާދިސާގެ ވާހަކައެވެ. "މަންމައަށް ޖިންސީ އަނިޔާކޮށް މަރާލިމީހާ އެތަނުން ދިއައީ ކޯރުން އަތްދޮވެގެންނެވެ." މިއީ ފުރަތަމަ އޭނާގެ ދުލުން ބޭރުވި ބަސްތަކެވެ.
އޭނާއަށް ވާހަކަދެކެވޭ ގޮތްވުމުން ފުލުހުން ވަނީ އޭނާގެ މަންމަގެ ޤާޠިލު ދައްކައިފައެވެ. އޭނާ ބުނީ އެއިރު ކިތަންމެ ކުޑަ ނަމަވެސް ޤާޞިލުގެ ސޫރަ އޭނާގެ ހިތުގައި ހަރުލާފައިވާ ކަމަށެވެ. އެއީ ހަމަ ހަޤީޤީ ޤާޠިލު ކަމަށެވެ.
އޭނާ ބުނީ މަންމަ މަރައި 3 ދަރިން ޔަތީމްކުރި މީހަކަށް ޖަލުގެ އަރާމުގޮޅިއެއްގައި ހުރެވިގެންނުވާނެ ކަމަށާއި އޭނާއަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށެވެ.