އެމެރިކާގައި ސްކީ ކުރަން އުޅުނު މީގެއްގެ މޫނަށް ގަހެއްގެ އޮފިގަނޑެއް ވަދެއްޖެއެވެ.
ސްކީ ޓީޗަރެއް ކަމަށްވާ ޢުމުރުން 29 އަހަރުގެ ނަޓޫ ހަގޫޑްގެ މޫނަށް އޮފިގަނޑު ވަނީ ޖެކްސަން ހޯލް މައުންޓަން ރިސޯޓުގައި އެހެންބަޔަކާއެކު ސްކީ ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެގެންގޮސް، ގަހުގެ އޮފިގަނޑުގައި މޫނު ޖެހިގެންނެވެ.
އެ ހާދިޘާ ހިނގުމާއެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ޙާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.