ކައިވެނި ކުރިތާ 4 ދުވަސްފަހުން ޢާއިލާގެ މީހުންގެ ގުނަވަންތައް ބުރުބުރިކޮށް، އުކާލައިފިއެވެ.
މި ހާދިޘާ ހިނގާފައިވަނީ އިންޑިއާގެ ޝާހްޕޫރުގައެވެ.
މުމްބާއީ ފުލުހުން ބުނީ މަރާލާފައިވާ ފިރިމީހާ އާއި ދަރީގެ ހަށިގަނޑުގެ ބައިތައް ފެނުނު އިރު، އެމީހުންގެ އެކި ގުނަވަންތައް ވަނީ ވަކިވަކިކޮށް ކަމަށެވެ. އަދި ގުނަވަންތައް ފެނިފައިވަނީ އިއްޔެ ވަގުތެއްގައި ކަމަށާއި ގުނަވަންތައް އުކާލާފައިވަނީ އެކި ހިސާބުގެ އެކި ތަންތަނަށް ކަމަށްވެސް ބުންޏެވެ.
މި މަރާއިގުޅިގެން 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މަރާލާފައިވާ ފިރިމީހާގެ އަންހެނުންވެސް ހިމެނޭ ކަމަށް ބުންޏެވެ.
އެމީހުން މަރާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 5 ގައި ކަމަށް ބެލެވޭ ކަމަށާއި އަދި ހަމައެދުވަހު އެމީހުން ގެއްލިފައިވާކަމުގެ ރިޕޯޓުވެސް ފުލުހުންނަށް ކޮށްފައިވާ ކަމަށް މުމްބާއީ ފުލުހުން ބުންޏެވެ.