މީރާ އާއި ފާލިހުގެ ''ކިޔައިދެވުނީމާ ހާލު'' ޢާންމުކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
މީރާ އާއި ފާލިހުގެ ''ކިޔައިދެވުނީމާ ހާލު'' ޢާންމުކޮށްފި
މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަމު މާޖިދާއި މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުވި ލަވަލިޔުންތެރިޔާ ޢަބްދުﷲ ފާލިހުގެ "ކިޔައދެވުނީމާ ހާލު" ޢާންމުކޮށްފިއެވެ.

މީރާ އާއި ފާލިހު އެކުގައި ކިޔާފައިވާ ފުރަތަމަ ކަބަރ ސޯންގ ގައި އެމީހުންގެ ކައިވެނި ހަފުލާގެ މަންޒަރުތައް ވަނީ ހިމަނާފައެވެ.

ފަހުގެ ތާރީޚުގައި މިއުޒިކް އިންޑަސްޓްރީގައި ކުރި އެންމެ ފާހަގަކޮށްލެވޭ ކައިވެންޏަށް މި ކައިވެނިވާ އިރު، މި ކައިވެނިކޮށްފައިވަނީ އިންޑިއަން ތީމަށެވެ. އެގޮތުން ކައިވެނީގެ ރަސްމިއްޔާތުގައި މީރާގެ އަތުގައި ހީނާފަތް އަޅާފައިވާއިރު، ހެދުންވެސް ހުރީ އިންޑިއާގެ ޘަޤާފަތާއި އެއްގޮތަށް ގުޅުވައި، ޓޮޕަކާއި ދިގު ތިރިއެއްލާފައިވާ އިރު، ގަހަނާތައްވެސް ވަނީ އިންޑިއާގެ ޘަޤާފަތާ ގުޅުވާފައެވެ.

ހަމައެގޮތަށް ފާލިހު ވެސް ލާފައި ހުރީ އިންޑިއާގެ ޘަގާފީ ހެދުމެއް ކަމަށްވާ ޝަރުވާނީ އެކެވެ.

މި ޖޯޑު ހަނީމޫނަށް ގޮސްފައިވަނީ ސިންގަޕޫރަށެވެ.

މި ވީޑިއޯ ލަވަ މިހާރު ސައުންޑް ކްލައުޑުންނާއި ޔޫޓިއުބުން ފެންނާނެއެވެ.





މިއަދު އޮންލައިން