ފުޓްބޯޅަ ރެފްރީޒް އެސެސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
ފުޓްބޯޅަ ރެފްރީޒް އެސެސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ތަމްރީން ޕްރޮގްރާމް ބާއްވާފައިވަނީ މެލޭޝިއާގެ ކްއާލާ ލަމްޕޫރުގައި މިދިޔަ ބްރާސްފަތި ދުވަހުއެވެ.
ފުޓްބޯޅައިގެ ޤަވާޢިދަށް އައިސްފައިވާ އެންމެފަހުގެ ބަދަލުތަކަށް އަހުލުވެރި ކުރުވުމާއި ރެފްރީންގެ ފަރާތުން ހެދޭ ކުށް ވީވަރަކުން މަދު ކުރުމުގެ މަޤުޞަދުގައި 3 ދުވަހުގެ މުއްދަތަށް ބޭއްވި މި ޕްރޮގްރާގައި ދުނިޔޭގެ އެކި ޤައުމުތަކުން 76 ރެފްރީޒް އެސެސަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމު ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ވިންޑްސޮރ ޖޯން ވިދާޅުވީ ރެފްރީން އެސެސް ކުރުމަކީ ވަރަށް ޗެލެންޖިންގ ކަމެއް ކަމަށާއި އެހެންކަމުން އެސެސަރުން އަބަދުވެސް ފުޓްބޯޅަ ޤަވާޢިދަށް އަބަދުވެސް ހޭލުންތެރިވާންވާނެ ކަމަށެވެ.