އަޙްމަދު ޝަރަފަށްވުރެ 7 ސިކުންތު އަވަހަށް ނިންމައިގެން ރާއްޖޭގެ ހާފު މެރަތަން ރެކޯޑު ޝިފާޒު މުޙައްމަދު މުގުރާލައިފިއެވެ.
ޝިފާޒު މި ރެކޯޑު މުގުރާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ނޭޕާލުގެ ބިރްގުންޖ ސިޓީ ހާފް މެރަތަންގައި ދުވެ، 1:16:10 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މޮރޮކޯގެ ނަޑޯ މެރެތަންގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ޝަރަފް ދުވެ، ހާފް މެރަތަން ނިންމާފައިވަނީ 1:16:17 ސިކުންތުންނެވެ.
ޝަރަފް މިރެކޯޑު މުގުރާލުމުގެ ކުރިން ރާއްޖޭގެ ހާފު މެރަތަންގެ ރެކޯޑްތަކަށް ބަލާލާ އިރު:
• 1994 ވަނަ އަހަރު ނަޞީރު އިސްމާޢިލް، 1:19:23 ސިކުންތު
• 2014 ވަނަ އަހަރު އަޙްމަދު ރިޒާ 1:19:05 ސިކުންތު