ތ. ތިމަރަފުށީ ޔޫތު ސެންޓަރުގައި ބެޑްމިންޓަން މުބާރާތެއް ފަށައިފިއެވެ.
މިއީ ރަށުގެ ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
މިމުބާރާތުގައި ސިންގަލްސް އާއި ޑަބަލްސް އަދި މިކްސް ޑަބަލްސް ހިމެނެއެވެ.
މިއީ ބެޑްމިންޓަނަށް ޒުވާނުންގެ މެދުގައި ސައުޤުވެރިކަން އިތުރަށް އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.
ތިމަރަފުށީ ޔޫތު ސެންޓަރުގައި އަލަށް ޤާއިމްކުރި ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދާ މުބާރާތުގައި ރަށުގެ ދެޖިންސުގެ ޒުވާނުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭކަން ޔޫތް ސެންޓަރުން ބުންޏެވެ.
ޒުވާނުން ކަންކަމަށް ސައުޤުވެރި ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ތިމަރަފުށީ ޔޫތު ސެންޓަރުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މިގޮތުން ކެރަމް ސިންގަލްސް މުބާރާތަކާއި އަންނަ ރަމަޟާން މަހުގައި ޤުރުއާން އަދި މަދަހަ މުބާރާތެއް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.