ގިނަ އަދަދެއްގެ އިސްލާމީ ފުލުހުން ސައުދިއަރަބިޔާގެ މަގުތަކަށް ނެރެފިއެވެ.
އިސްލާމީ ފުލުހުން މިފަހަރު މަގުތަކަށް ނެރުނީ ކޮންމެ ފުލުހެއްގެ އަތަށް ޓެބްލެޓެއް ދީފައެވެ. އެއީ މަގުމަތިން ފެންނަ ނޭދެވޭކަންކަން ވީޑިއޯކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށެވެ.
އިސްލާމީ ފުލުހުންނަށް މިހާރު އަންގާފައިވަނީ މަގުމަތިން ފެންނަ ކަންކަމާއި ގުޅިގެން މީހަކު ހައްޔަރުކުރަންޖެހޭނަމަ ފުލުހުން މެދުވެރިކޮށް ހައްޔަރުކުރުމަށެވެ. ނަމަވެސް ފެންނަ ނޭދެވޭ ކަންކަން ހުއްޓުވުމުގެ ބާރު ވަނީ އިސްލާމީ ފުލުހުންނަށް ދީފައެވެ. އަދި ނަޞޭހަތްދީ މީހުން އިސްލާޙްކުރަން މަސައްކަތްކުރަން އިސްލާމީ ފުލުހުންނަށް ވަނީ އަންގައިފައެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ ހަމައެކަނި ދެވޭ ދަރުސްތަކުން އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރިކުރެވެން ނެތް ކަމަށާއި ރައްޔިތުންނާއި ހަމައަށް ނުކުމެގެން ނޫނީ ކަންކަން އިޞްލާހް ނުކުރެވޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވަނީ އިސްލާމީ ފުލުހުންނަކީ ސަލްމާން ރަސްގެފާނުންކަމަށާއި އެ މީހުން މަގުމަތީގައި މަސައްކަތް އެކުރަނީ ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.