ޓްރަމްޕް އިސްލާމީ ވެރިންނަށް އިސްލާމް ދީނާބެހޭ ތަޤްރީރެއް ދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޓްރަމްޕް އިސްލާމީ ވެރިންނަށް އިސްލާމް ދީނާބެހޭ ތަޤްރީރެއް ދެނީ
އެމެރިކާގެ ރައީސް ޓްރަމްޕް ސައުދިއަރަބިޔާއަށް ކުރާ ދަތުރުގައި އިސްލާމީ ޤައުމުތކުގެ ވެރިންނަށް އިސްލާމް ދީނާއި އީމާންކަމާއިބެހޭ މުހިންމު ތަޤްރީރެއް ދޭން ހަމަޖައްސައިފިއެވެ.

ޚަބަރުލިބޭގޮތުން މި ތަޤްރީރް ދޭނީ 50 އަށްވުރެ ގިނަ އިސްލާމީ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ މެންދުރުގެ ފަރިކޮޅެއްގައެވެ.

މި ތަޤްރީރްގައި ހައްދުފަހަނައަޅައިދިއުމާއިބެހޭ ގޮތުން މުހިންމު ވާހަކަތަކެއް ޓްރަމްޕް ދައްކާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.

ޓްރަމްޕުގެ ސެކިޔުރިޓީ އެޑްވައިޒަރު އެމްސީމާސްޓަރ ބުނެފައިވަނީ ޞުލްޙަވެރި އަމާން މުސްލިމް މުޖުތަމައުއެއް ޓްރަމްޕް ބޭނުންވާ ކަމަށެވެ.
މިއަދު އޮންލައިން