އޭއެފްސީ ކަޕުގައި މާޒިޔާ އާއި އަބަހާނީ ބައްދަލުކުރާ މެޗު މިއަދު ހަވީރު ގަލޮޅު ދަނޑުގައި..

ކިޔުމަށް ހޭދަވާނީ 54ސ
އޭއެފްސީ ކަޕުގައި މާޒިޔާ އާއި އަބަހާނީ ބައްދަލުކުރާ މެޗު މިއަދު ހަވީރު ގަލޮޅު ދަނޑުގައި..

މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ ގްރޫޕް އީ ގައި މާޒިޔާ އަދި އަބަހާނީބައްދަލުކުރާ ދެވަނަ ލެގުގެ މެޗު މާލޭގެ ރަސްމީ ބޯޅަ ދަނޑުގައި މިއަދުހަވީރު އޮންނާނެއެވެ.
މި މެޗުގެ ކުރިން މައުލޫމާތު ދެމުން މާޒިޔާގެ ކޯޗް ސެކުލޮވްސްކީ ބުނީ ދެޓީމަށްވެސް ޖެހިގެން އޮތް ބުރަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެފައިވުމުންއަނެއްބުރަށް ދިއުމަށް އަބަހާނީ ބަލިކުރުން މުބިންމު ކަމަށެވެ.

އެހެން ނަމަވެސް މިއަދު މާޒިއާއާ ދެކޮޅަށް ނިކުންނަ އަބަހާނީ އަކީ ބަލިޓީމެއް ނޫން ކަމަށާއި އަބަހާނީ އިން ވަރުގަދަ ބެންގަލޫރު އެފްސީ 2-0 ކުންބަލިކޮށްފައިވުމުން އެކަން ސާބިތުވާކަމަށެވެ.

އަދި މާޒިޔާއިން މީގެ ކުރިން އަބަހާނީ ބަލިކޮށްފައިވީ ނަމަވެސް މިއަދުގެމެޗުގައި އޭނާގެ ޓީމުގެ ފަރާތުން ބޭނުންވަނީ އެކަތި ގަނޑެއްގެ ގޮތުގައިކުޅެ މޮޅުވުމަށް ކަމަށްވެސް ސެކުލޮވްސްކީ ބުންޏެވެ.

އަބަހާނީގެ ކޯޗު މަމިޗް ބުނެފައިވަނީ މާޒިޔާގެ ކުޅުންތެރިން އެނގިގެން މިމެޗުން މާ ބޮޑު ފައިދާއެއް ނުކުރާނޭ ކަމަށާއި މެޗައް ތައްޔާރުވުމުގައި ދަތިތަކެއް ހުރި ނަމަވެސް ގްރޫޕް ސްޓޭޖްގެ ފަހު މެޗު މިއަދު ނިންމާލަންބޭނުންވަނީ މޮޅަކާއި އެކުގައި ކަމަށެވެ.
މިއަދު އޮންލައިން