އިނގިރޭސިވިލާތުގެ ހީތްރޯ އެއަރޕޯޓަށް ޖެއްސި ޕާކިސްތާނުގެ ޤައުމީ އެއަރލައިން، ޕީއައިއޭގެ ފްލައިޓެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ފްލައިޓް ޖެއްސުމާއިއެކު ޚާއްޞަ ފުލުހުން ފްލައިޓަށް އަރައި ހުރިހާ ފަސިންޖަރުންނާއި ކްރޫންވެސް ޗެކްކުރިއެވެ. ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު ފަޅުވެރިން ދޫކޮށްލާފައިވަނީ 2 ގަޑިއިރު ފަހުންނެވެ.
މިގޮތަށް ފްލައިޓެއްގެ ފަޅުވެރިން ހިފެހެއްޓުމަކީ އާންމުގޮތެއްގައިކުރާ ކަމެއް ނޫނެވެ. ފްލައިޓް ދަތުރަށް ހުރަސް އެޅޭފަދަ ކަމެއް ކުރާނީ ވަރަށް ޚާއްޞަ ހާލަތްތަކުގައެވެ.
މިކަމާއިބެހޭ އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ.