އޭއެފްސީ ކަޕުގައި މިއަދު ކުޅުނު މެޗު ބަންގްލާދޭޝްގެ އަބަހާނީގެ މައްޗަށް ކުރިހޯދާ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ފަހުހާފުގައި މާޒިޔާއިން ވަނީ އިދިކޮޅު ޓީމަށް ނުރައްކާތެރި ގިނަ ޙަމަލާތަކެއް ފޮނުވާލާފައެވެ.
އެގޮތުން 59 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލަށް ވައްދާލައިގެން ލީޑުނެގީ މާޒިޔާ އިންނެވެ. މި ލަނޑު ޖަހައިދިނީ މުޙައްމަދު ޢުމައިރެވެ.
މެޗުގެ ދެވަނަ ލަނޑު އަދި މާޒިޔާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އެލެކްސެންޑަރ ރަކިޗް އެވެ.