ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމާ ކޮމިޝަނަރ އޮފް ސްޕޯޓްސް ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 31ސ
ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމާ ކޮމިޝަނަރ އޮފް ސްޕޯޓްސް ބައްދަލު ކުރައްވައިފި
ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމާ ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ރީތިނަން ހޯދައިދޭން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެން، ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅުނު ކަމުގައިވިޔަސް އިސްލާމީ ރިވެތި އާދަތައް ދެމެހެއްޓުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މިމަހުގެ 19 އިން 21އަށް އަވަށްޓެރި ސްރީލަންކާގައި އޮންނަ މި މުބާރާތަށް ޓީމު ފުރާނޫ މާދަމާ ހެނދުނުއެވެ.





މިއަދު އޮންލައިން