ސްޕޯޓްސް ޑިޕްލޮމަސީގެ ނަމުގައި އައްޑޫސިޓީ ހުޅުމީދޫގައި ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އައްޑޫސިޓީ ފުލުހުންނާއި، ޕަބްލިކް އެފެއާޒު ޑިޕާޓްމެންޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ހަތަރު ކުޅިވަރަކުން ކޯޗުން ތަމްރީން ކުރާނެއެވެ. އެ ހަތަރު ކުޅިވަރަކީ ހޭންޑްބޯލް، ފުޓުސަލް، އެތުލެޓިކްސް، ވޮލީ އެވެ.
އައްޑޫސިޓީ ޕޮލިހުން މައުލޫމާތު ދެއްވި ގޮތުގައި 10 ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 26 ޒުވާނުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ކޯޗުންގެ ގޮތުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ލިބިގެންދާނެއެވެ.
މި ހަރަކާތުގައި ތަމްރީން ދެއްވާނީ މިކުޅިވަރުތަކުގެ ތަޖުރިބާކާރުންނެވެ. މި ހަރަކާތް ނިމޭނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވައި އެމީހުން ކުށުގެ ވެށިން ނެރެދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.