ސޫދާނުގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވަން ރިޔާޟަށް ވަޑައިނުގަންނަވަން ނިންމަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސޫދާނުގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވަން ރިޔާޟަށް ވަޑައިނުގަންނަވަން ނިންމަވައިފި
އަންނަ އާދީއްތަ ދުވަހު ސައުދިއަރަބިޔާގެ ރިޔާޟްގައި ބާއްވަން ހަމަޖެހިފައިވާ "ޓްރަމްޕް" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރިޔާޟަށް ވަޑައިނުގަންނަވަން ސުދާނުގެ ރައީސް ބަޝީރު ނިންމަވައިފިއެވެ.

ބަޝީރު ވަނީ އެކަމަށްޓަކައި ސަލްމާން ރަސްގެފާނުގެ އަރިއަހުން މަޢާފަށްވެސް އެދިވަޑައިގެންފައެވެ. ބަޝީރު ވަޑައި ނުގެންނެވި ސަބަބެއްކަމަށް ބެލެވެނީ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ނެރެފައިވުމެވެ.

ބަޝީރު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ ސޫދާނުގައި ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމެވެ.

ސީރިޔާގައި ކެމިކަލް ހަތިޔާރު އެތައް ފަހަރަކު ބޭނުންކޮށްފައިވާއިރުވެސް ބަޝާރުލްއަސަދާއި ދެކޮޅަށް އެފަދަ އަމުރެއް އަދި ނެރެފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ މުސްލިމް ލީޑަރުންގެ އަދަދު މަދުވެދާނެތީ އެމެރިކާއިން މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން