ސާބާ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތުގެ ފުރަތަމަ މެޗު ބަންގާޅުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ސާބާ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތުގެ ފުރަތަމަ މެޗު ބަންގާޅުން ކާމިޔާބުކޮށްފި
ސައުތް އޭޝިއަން ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަންގްލަދޭޝް އިން ކާމިޔާބުކޮށްފިއެވެ.

ނޭޕާލް އާއި ވާދަކޮށް މި މެޗު އެޓީމުން ކާމިޔާބުކުރީ 74 ޕޮއިންޓު 64 ޕޮއިންޓުންނެވެ.

މެޗު ފެށިގެންވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ ބަންގްލަދޭޝް ޓީމުންވަނީ ފުރަތަމަ ކްއާޓަރގައިވެސް ތަފާތުބޮޑު ލީޑެއް ނަގާފައެވެ. ނަމަވެސް އެ ކްއާޓަރ ނިމުމުގެކުރިން ނޭޕާލުން ވަނީ ކުޅުންރަނގަޅުކޮށް ލީޑު ކުޑަކޮށްފައެވެ.
މި މުބާރާތުގައި މިރޭ ބައްދަލު ކުރާނީ ދިވެހިރާއްޖެ އާއި އިންޑިއާއެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތެވެ. މި މިބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް، ނޭޕާލް، ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާއެވެ.
މިއަދު އޮންލައިން