ބަންގާޅުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަައަށް ޖެހިލައިފި

ކިޔުމަށް ހޭދަވާނީ 38ސ
ބަންގާޅުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަައަށް ޖެހިލައިފި
ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕުގައި ބަންގްލަދޭޝް ކުޅުނު ދެވަަަނަ މެޗުވެސް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސާބާ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީލަންކާ އާއި ބައްދަލުކުރި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 90 ޕޮއިންޓު 80 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ބަމްހްލަދޭޝް ޓީމުގެ މިތުން ކުމާރެވެ.
މި މުބާރާތުގައ މިރޭ 21:00ގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލެވެ.

މި ދެޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗު އިންޑިއާ ކާމިޔާބުކޮށްފައިވާ އިރު، ނޭޕާލް ބަލިވީ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުންނެވެ.
މިއަދު އޮންލައިން