ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއެކު ރާއްޖޭގެ ހާފް މެރަތަން ޤައުމީ ރެކޯޑު އަނެއްކާވެސް ޝިފާޒު އާކޮށްފި

ކިޔުމަށް ހޭދަވާނީ 43ސ
ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއެކު ރާއްޖޭގެ ހާފް މެރަތަން ޤައުމީ ރެކޯޑު އަނެއްކާވެސް ޝިފާޒު އާކޮށްފި
ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއެކު ރާއްޖޭގެ ހާފް މެރަތަން ޤައުމީ ރެކޯޑު އަނެއްކާވެސް ޝިފާޒު އާކޮށްފިއެވެ.

މިއީ އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާފު މެރަތަން ނުވަތަ 21 ކިލޯމީޓަރ ދުވުމުގެ ޤައުމީ ރެކޯޑު އޭނާ އާކުރި ދެވަނަ ފަހަރެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އޭނާ އާކުރި ރެކޯޑު މިއަދު އަލުން އާކޮށްފައިވަނީ މެލޭޝިއާގެ ކުއަލަމްޕޫރުގައި ބޭއްވި ކޭއެލް މެރަތަންގައި ދުވެ، އެއްގަޑިއިރާއި 15 މިނެޓް 18 ސިކުންތުންނެވެ.

މިދިޔަ އެޕްރީލް މަހު ނޭޕާލުގައި ބޭއްވި ބިރްގުންޖް ސިޓީ ހާފް މެރަތަންގައި ޝިފާޒު ރޭސް ނިންމާފައިވަނީ އެއްގަޑިއިރާ 16 މިނެޓް 10 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ މޮރޮކޯގެ ނަޑޯ މެރެތަންގައި މިދިޔަ އަހަރުގެ އޯގަސްޓްމަހު ޝަރަފް ރެކޯޑު ޤާއިމްކުރި ރެކޯޑަށްވުރެ 7 ސިކުންތު އަވަސް ވަގުތެކެވެ.



މިއަދު އޮންލައިން