ޖިންސީ ގޯނާތަކުން ސަލާމަތްވުމަށް ހިންދޫ އިސްމީހެއްގެ ގުނަވަން ކަނޑާލުމުން ބޮޑު ތަރުޙީބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޖިންސީ ގޯނާތަކުން ސަލާމަތްވުމަށް ހިންދޫ އިސްމީހެއްގެ ގުނަވަން ކަނޑާލުމުން ބޮޑު ތަރުޙީބެއް!
ޖިންސީ ގޯނާތަކުން ސަލާމަތްވުމަށްޓަކައި ހިންދޫންގެ އސްް މީހެއްގެ ގުނަވަން ކަނޑާލުމުން ރައްޔިތުންގެ ގިނަ ބައަކު އެކަން ކުރި އަންހެން ޒުވާނާއަށް ތައުރީފްކުރަމުން އެބަގެންދެއެވެ.

ޓްރިވެންޑްރަމް ކައިރި ސަރަހައްދެއްގައި މިކަން ކުރި އުމުރުން 24 އަަހަރުގެ އަންހެން ކުއްޖާ އެކަން ކުރުމަށްފަހު ގެއިން ފިލައިގެން ގޮސް ފުލުހުންނަށް ގުޅައި ބުނީ އެކަން ކުރީ އެމިހާގެ ކިބައިން ސަލާމަތް ނުވެވިގެން ކަމަށެވެ.

އަންހެން ކުއްޖާ ބުނީ 54 އަަހަރުގެ އެ މީހާ އޭނާއަށް ޖިންސީ ގޯނާ ކުރަމުން ގެންދާތާ 8 އަހަރުވެއްޖެއެވެ. އެއިގެ މާނައަކީ އޭނާގެ އުމުރުން 16 އަަހަރުން ފެށިގެން ޖިންސީ ގޯނާކުރަމުން ގެންދިއުމެވެ.

މިކަމާއި ގުޅިގެން ޗީފް މިނިސްޓަރު ޖީ.އެސް. ކުމާރު ވިދާޅުވީ އެކަންކުރި އަންހެން ކުއްޖާއަކީ "ގަދަ" ކުއްޖެއް ކަަމަށާއި ޖިންސީ ގޯނާކުރުން ހުއްޓުވޭނީ "ގަދަ" ކުދިންގެ މަސައްކަތުން ކަމަށެވެ.

ހިންދޫ ހާމުދުރު އެގެއަށް ދަނީ އެނދުމަތިވެފައިވާ އޭނާގެ ބައްޕަގެ ބަލި ފަސޭހަކުރުމަށް ކިޔެވެލިކިޔަވައިދިނުމުގެ ނަމުގައެވެ. އެހެންކަމުން ގޭގެ މީހުންނަށްވެސް މިކަން ހުއްޓުވަން މާބޮޑު ކަމެއް އޮތީ ނުކުރެވިފައެވެ. އޮޕަރޭޝަންތަކަކަށްފަހު ހާމުދުރުގެ ހާލު މިހާރު ރަނގަޅުކަމަށް ބުނެއެވެ.

މިއަދު އޮންލައިން