މަންމައަށް އެހީތެރިވާ ވީޑިއޯއެއް ހާމަކުރުމުން ޝަރީއަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މަންމައަށް އެހީތެރިވާ ވީޑިއޯއެއް ހާމަކުރުމުން ޝަރީއަތަށް!
ޝާރުޖާގެ މަގެއް ހުރަސް ނުކުރެވިގެން އުޅުނު މުސްކުޅި އަންހެނަކަށް އެހީތެރިވެދިން ވީޑިއޯއެއް ހާމަކުރުމުން ޝަރީއަތަށް މައްސަލަ ހުށަހަޅައިފިއެވެ.

ވީޑިއޯގައި ފެންނަނީ މަގުމަތި ސާފުކުރާމީހަކު މުސްކުޅި އަންހެނަކު މަގުހުރަސްކުރަން އެހީތެރިވާތަނެވެ. ވީޑިއޯ އާއި ގުޅިގެން ގިނަ ބައަކު ބުނެފައިވަނީ އެހާ މުސްކުޅިން މަގުތަކަށް އެކަނި ދޫކޮށްލަން ނުވާނެ ކަމަށާއި ބައެއް ޢާއިލާތަކުން އެމީހުންގެ މުސްކުޅި މައިންބަފައިންނާއި އަޅައި ނުލުމުން މަގުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގާ ކަމަށެވެ.

މައްސަލަ ހުށަހެޅިމީހާ ބުނީ އެކަންކުރީ އޭނާގެ މަންމަ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށާއި ވީޑިއޯކޮށް ހާމަކުރި މީހާ ކޮށްފައިވަނީ ކުށެއް ކަމަށާއި އެކަން އެއީ ސައިބަރކްރައިމެއްގެ ގޮތުގައި ބެލެވެންޖެހޭނެ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަޙްޤީޤްކުރަމުން ގެންދާ ކަމަށާއި ކޯޓަށް ބަޔާންދޭނީ ރަނގަޅަށް މައްސަލަ ބެލުމަށްފަހުގައި ކަމަށެވެ.

މިއަދު އޮންލައިން