ރޭޕްކުރުމަށްފަހު މަރާލައި ކުއްތާއަށް ކާންދިނުމަށްފަހު ޑަސްޓްބިނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރޭޕްކުރުމަށްފަހު މަރާލައި ކުއްތާއަށް ކާންދިނުމަށްފަހު ޑަސްޓްބިނަށް!
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ އުމުރުން 22 އަަހަރުގެ އަންހެން ކުއްޖަކު ގެއިން ނުކުތީ އޭނާ ވަޒީފާއަދާކުރާ ފާމަސީ ކުންފުންޏަށް ވަޒީފާއަށް ދިއުމަށެވެ.

މަގުމަތިން ބައަކު އޭނާ އަތުލައިގަނެ ކާރަކަށް ލައިގެން ދުރު ސަރަހައްދަކަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގީއެވެ. އެއަށްފަހު ބޮލުގައި ގާބުރުތަކުން ތަޅައި މަރާލުމަށްފަހު މަގުމަތީ ކުއްތާތަކަށް ކާންދިނީއެއެވެ. އެއަށްފަހު ހަށިގަނޑު ގެންގޮސް މަގުމަތީގައި ހުރި ކުނިއަޅާވަށިގަޑަކަށްލީއެވެ.

އޭނާގެ ބައްޕަ ބުނީ ކުނިވަށިގަނޑުން ހަށިގަނޑު ނެގިއިރު 200 ވަރަކަށްތަނުގައި ކުއްތާ ދަތްއަޅައި މަސްީދާފައިވާ ކަމަށެވެ.

ހަމަ އެސަރަހައްދުގައި މީގެ ދުވަސްކޮޅެއް ކުރިން އަންހެން ކުއްޖަކު ހަމައެގޮތަށް ކާރަކަށް އަރުވައިގެން ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު ހަށިގަނޑުމަތިން ކާރު ދުއްވައި މަރާލައިފައެވެ.

މިފަދަ މައްސަލަތައް އިތުރުވެ މިފަދަ އަމަލުތައް ކުރާ މީހުންނަށް އިންޑިއާގައި މިހާރު ގެންދަނީ މަރުގެ އަދަބުދެމުންނެވެ. ނަމަވެސް މިފަދަ އަަމަލުތައް މަދުވާކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ.

މިއަދު އޮންލައިން