ދަގަނޑޭ ނިއުރޭޑިއަންޓަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
ދަގަނޑޭ ނިއުރޭޑިއަންޓަށް ސޮއިކޮށްފި
ދިވެހި ފުޓްބޯޅައިގާ އެފަދަ ދެވަނައެއް ނެތް ޢަލީ އަޝްފާޤު (ދަގަނޑޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

ދިވެހި ޤައުމީ ޓީމުގެ ކެޕްޓަން ނިއުއަށް ސޮއިކޮށްފައިވާ އިރު، ދާދިފަހުން ވަނީ މެލޭޝިއާގެ ޓީމަކަށް ކުޅުމަށް ވާހަކަ ދައްކަމުންދާކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ.

މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެ، ގިނަ ކާމިޔާބީތަކެއް އެޓީމަށް ހޯދައިދީފައިވާ ދަގަނޑޭ އެނބުރި ރާއްޖެއައީ ލިބިފައިވާ އަނިޔާއަކާއި ގުޅިގެންކަމަށް މީޑިއާތައް ވަނީ ބުނެފައެވެ.

މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު އަޝްފާޤު ނިއުއަށް ސޮއިކޮށްފައިވީ ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް އަދިނުލިބެއެވެ.

މިއަދު އޮންލައިން