އެމްއެސް 21 ގެ ނަމުން މަޝްހޫރުވެފައިވާ ޒުވާނާ ކުލަނދުރު ގެންގުލެން ފެށީ އުމުރުން އެންމެ 5 އަަހަރުގައެވެ. އޭނާ ބުނާ ގޮތުން ކުޅަނދުރު ގެންގުޅުމަށް އޭނާ ލޯބިކުރަން ފެށީ ކުޅަނދުރު ގެންގުޅުމުގެ އެންމެ ޝަރަފުވެރި އެވޯޑް އޭނާގެ ބައްޕައަށް ލިބިފައިވާތީއެވެ. އަދި އެންމެ ފެންވަރު ރަނގަޅު މާމުއި އުފައްދާ މީހަކަށް ހޮވިފައިވަތީއެވެ.
އިންޑިއާގެ ކެރަލާ ސްޓޭޓްގެ އެގްރިކަލްޗަރަލް އިންސްޓިޓިއުޓުގައި ކިޔަވަމުންދާ މި ދަރިވަރު ބުނީ ކުޅަނދުރަކީ އޭނާގެ ރަހްމަތްތެރިން ކަމަށާއި އެއްވެސް ބިރެއް އެތަކެތީގެ ސަބަބުން ނެތް ކަމަށެވެ.
އޭނާ ބުނާ ގޮތުން ކުލަނދުރުގެ އަޑުންވެސް އޭނާއަށް ލިބެނީ ހިތްހަމަޖެހުން ކަމަށާއި ކުޅަނދުރުތައް މޫނާއި ގައިގައި ޖެއްސުމުންވެސް ލިބެނީ ހަމަ ހިތްހަމަޖެހުމެވެ.
މޫނު ފުރެންދެން ކުޅަނދުރު ޖައްސާފައި ތިބޭއިރު ފޮތްކިޔުމަކީވެސް އޭނާގެ އާދައެކެވެ، އޭނާ ބުނާ ގޮތުން ކުޅަނދުރުތައް ޖައްސާފަައި ތިބޭއިރު އޭނާ ފޮތް ކިޔައި ފިލާވަޅުވެސް ދަސްކުރެއެވެ.