އެމެރިކާގެ 7 މިސްކިތަކަށް ހަމަލާދީ 2 މިސްކިތް އަންދައި ލަންކާގެ މިސްކިތްތަކަށް ގެއްލުން ނުދޭން އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެމެރިކާގެ 7 މިސްކިތަކަށް ހަމަލާދީ 2 މިސްކިތް އަންދައި ލަންކާގެ މިސްކިތްތަކަށް ގެއްލުން ނުދޭން އަންގައިފި
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ 7 މިސްކިތަކަށް ހަމަލާދީ 2 މިސްކިތް އެންދާލުމަށްފަހު ސްރީލަންކާގެ މިސްކިތްތަކަށް ގެއްލުން ނުދޭން އެމެރިކާއިން އަންގައިފިއެވެ.

މިކަން އަންގާފައިވަނީ ކުރުނޭގަލަ މަލަގިޕިޓިޔާ ޖުމްޢާ މަސްޖިދަށް އިއްޔެ ދިން ގެއްލުންތަކާއި ގުޅިގެން އެމެރިކާ ސަފީރު ކޭޝާޕް ކުރި ޓްވީޓެއްގައެވެ. އެ މިސްކިތަކީ މިސްކިތުގެ ބޮޑުބައެއް ކިޔައިދިނުމަށްވެސް ބޭނުންކުރާ މިސްކިތެކެވެ.

ހަފްތައެއްހައި ދުވަސތެރޭ 3 މިސްކިތަކަށް ހަމަލާދީފައިވާތީ އެކަން ސަފީރު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން ހޯދައި ހައްޔަރުކުރާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ބައަކު އަޅުކަންކުރާ ތަނަކަށް އެއްވެސް ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑު ކުށެއް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.


މިއަދު އޮންލައިން