ތައިލަންޑުގެ ބޮމެއް ގޮއްވާލައި 4 ސިފައިން ޒަހަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ތައިލަންޑުގެ ބޮމެއް ގޮއްވާލައި 4 ސިފައިން ޒަހަމްކޮށްލައިފި
ތައިލަންޑުގައި ބޮމެއް ގޮއްވާލައި ސިފައިންގެ 4 މީހުން ޒަޚަމްކޮށްލައިފިއެވެ. މި ހަމަލާދީފައިވަނީ ޕެޓްރޯލް ކުރުމަށްޓަކައި ދުއްވަމުންދަނިކޮށް މިއަދު ހެނދުނު 8:30 ހައިއިރުއެވެ.

ފުލުހުން ބުނީ މި ހަމަލާ ދީފައިވަނީ މުއާންގ ޑިސްޓްރިކްތަގައި ހުންނަ ޔާލާ މައި މިސްކިތަށް ދާން އޮންނަ ހައިވޭމަތިން ކަމަށާއި ގޮއްވައިލި ބޮމަކީ 10 ކިލޯގެ ބޮމެއް ކަމަށެވެ.

މިއަދު ހެނދުނު ބެންކޮކްގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 20 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

ތައިލެންޑްގެ ބާރުތައް އަސްކަރީ ވެރިންގެ އަތްދަށުން ސަލާމަތްކުރުމަށް ތަފާތު ޖަމާއަތްތަކުން ގެންދަނީ މަސައްކަތްކުރަމުންެވެ.
މިއަދު އޮންލައިން