ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިޤްޠިޞާދީ މައްސަލަތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާ ދުނިޔޭގެ މަޝްހޫރު އެއާލައިންތަކުގެތެރޭގައި ހިމެނޭ ކެތޭ ޕެސިފިކުން 600 މުވއްޒިފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
އެއާލައިނުން ބުނީ މިދިއަ އަހަރު 74 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި މައްސަލަ ކުރިމަތިވީ ދުނިޔޭގެ އިޤްޠިޞާދަށް ކުރިމަތިވަމުން އަންނަ މާލީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.
އެއާލައިނުން ބުނީ އެންމެ ގިނަ ބައަކު ވަކިކުރާނީ އެންމެ ބޮޑުމުސާރަލިބޭ މަތީ މަޤާމުތަކާއި މެދުފަންތީގެ މަޤާމްތަކުން ކަމަށެވެ. އަދި މި ބަދަލު ނުގެނެސްފިނަމަ އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
ޕައިލެޓުންނާ ކްރޫންނާ އިންޖިނޭރުންނާ ކަސްޓަމަރުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒިފުން ވަކިނުކުރާނެ ކަމަށާއި އެމީހުންގެ ޒިންމާ ބޮޑުކުރުމަށްފަހު އިތުރު އިނާޔަތްތައް ދޭނެ ކަމަށްވެސް އެއާލައިނުން ވަނީ ބުނެފައެވެ.