"ދިޔާ އޯރް ބާތީ ހަމް" ގެ ތަރި ދީޕިކާ ސިންގަށް ފިރިހެން ދަރިއެއް ލިބިއްޖެ

ކިޔުމަށް ހޭދަވާނީ 58ސ
"ދިޔާ އޯރް ބާތީ ހަމް" ގެ ތަރި ދީޕިކާ ސިންގަށް ފިރިހެން ދަރިއެއް ލިބިއްޖެ
އިންޑިއާގެ މަޝްހޫރު ޓެލެވިޟަން ސީރީޒެއް ކަމަށްވާ ހަމް ޓީވީގެ "ދިޔާ އޯރް ބާތީ ހަމް" ގެ ލީޑް ރޯލުން ފެނިގެންދާ ދިޕިކާ ސިންގް އަށް ފިރިހެން ދަރިއެއް ލިބިއްޖެއެވެ.

މިހިނގާ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ 9:00 ގައި، ދީޕިކާ ސިންގް ފިރިހެން ދަރިއެއް ވިހައިފިކަން، އޭނާގެ ފިރިމީހާ ރޯހިތު ރާޖް ގޯޔަލް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ރޯހިތު ރާޖް ގޯޔަލް އަކީ "ދިޔާ އޯރް ބާތީ ހަމް" ގެ ޑައިރެކްޓަރެވެ. އެދެމަފިރިން ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

ބައްޕައަކަށް ވުމުގެ އުފާވެރި ޚަބަރު ޙިއްސާކުރަމުން ރޯހިތު، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ބުނެފައިވަނީ، ދަރިފުޅާއި ދީޕިކާ ސިންގްގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އިންޑިއާގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، ކައިވެންޏަށް ދެއަހަރު ފުރުމަށްފަހު ބަލިވެ އިނުމުން، "ދިޔާ އޯރް ބާތީ ހަމް" ގައި 'ސަންދްޔާ' ގެ ރޯލުން ފެނިގެންދާ، ދީޕިކާ ސިންގު ވަނީ އަރާމު ކުރަން ފަށާފައެވެ. އަދި މާބަނޑު އިރު ރޯހިތު އާއި އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް މިމަހުގެ 2 ވަނަ ދުވަހު ދީޕިކާ ވަނީ އޭނާގެ ޓްވިޓާރ އެކައުންޓޫގައި ޙިއްސާ ކޮށްފައެވެ.
މިއަދު އޮންލައިން